ނޮޅިވަރަމު ކައުންސިލް ވެޓެރެންސް ކަޕްގެ ޗެމްޕިއަން: މެޑްރިޑް

ނޮޅިވަރަމު ކައުންސިލް ވެޓެރެންސް ކަޕް 2022 ގެ ޗެމްޕިއަންކަން މެޑްރިޑް ހޯދައިފިއެވެ. ފައިނަލްގައި މެޑްރިޑް އަދި ޗަކުލީ ބައްދަލުކުރި މެޗް ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަންކަން މެޑްރިޑް ހޯދާފައިވަނީ 7:2 ގެ ނަތީޖާއަކުންނެވެ. މި މުބާރާތް ކުރިއަށް ގޮސްފައިވަނީ 15 ޖުލައި 2022 އިން ފެށިގެން 23 ޖުލައި 2022 އަށް، ނޮޅިވަރަމު ފުޓްސަލް ދަނޑުގައެވެ.

ފައިނަލް މެޗަށްފަހު، ނަތީޖާފާޅުކޮށް ވަނަތަކަށް ވަނީ އިނާމު ހަވާލުކޮށްފައެވެ. އިނާމުތައް ހަވާލުކޮށްދިނީ ކައުންސިލްގެ 5 މެންބަރުންނެވެ.

މުބާރާތުގެ ނަތީޖާ:

ޗެމްޕިއަން ޓީމް: މެޑްރިޑް

ރަނަރއަޕް ޓީމް: ޗަކުލީ ރިކްރިއޭޝަން ކުލަބް

ފެއަރޕްލޭ ޓީމް: މެޑްރިޑް

އެންމެ މޮޅު ކޯޗު: ހުސައިން އާދަމް (މެޑްރިޑް)

އެންމެ އުއްމީދީ ކުޅުންތެރިޔާ: މުހައްމަދު ޒިޔާދު (މެޑްރިޑް)

އެންެމެ ގިނަ ގޯލުޖެހި ކުޅުންތެރިޔާ: ޢަލީ މުޙައްމަދު (ޗަކުލީ)

މުބާރާތުގެ މޮޅު ކުޅުންތެރިޔާ: އިބްރާހީމް ވަހީދު (ކިމްބެ)

އެންމެ މޮޅު 5 ކުޅުންތެރިން:

އިބްރާހީމް ވަހީދު (މެޑްރިޑް)
ހުސައިން އާދަމް (ކަންމަތި)
ޒާހިރު ނަޞީރު (މެޑްރިޑް)
ޢަލީ ރަޝީދު (ޗަކުލީ)
އަދްނާން އުމަރު (މެޑްރިޑް)

ޖުމުލަ ހަތަރު ޓީމް ބައިވެރިވި މި މުބާރާތް ހޯސްޓްކޮށްފައިވަނީ ނޮޅިވަރަމު، ކޭ.އެޗް އާކޭޑުންނެވެ. މިއީ ބިޑް އުސޫލުން ބަޔަކާ ހަވާލުކޮށްގެން ކައުންސިލްގެ މުބާރާތެއް ހޯސްޓުކުރި ފުރަތަމަ މުބާރާތެވެ. ކޭ.އެޗް އާކޭޑްގެ ފަރާތުން ވަނީ މުބާރާތް ކުރިއަށް ގެންދިޔުމުގައި މުބާރާތުގެ އޮފިޝަލުންނާއި ރެފްރީންނަށް ވަރަށް ބޮޑަށް ދެއްވި އެއްބާރުލުމަށްޓަކައި އެ ފަރާތްތަކަށް ވަރަށް ބޮޑަށް ޝުކުރުދަންނަވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *