ނޮޅިވަރަމު ކައުންސިލް ކްލަބްހުވާސް ވޮލީބޯޅަ މުބާރާތް 2022ގެ ޗެމްޕިއަން ކަން ކްލަބް ކްލަސްޓަރ އިން ހޯދައިފި !

ނޮޅިވަރަމު ކައުންސިލާއި ކްލަބް ހުވާސް ގުޅިގެން ބޭވުނު “ނޮޅިވަރަމް ކައުންސިލް ކްލަބްހުވާސް ވޮލީނޯލް ޓޯނަމަންޓް 2022” ގެ ޗެމްޕިއަންކަން ކްލަބް ކްލަސްޓަރ ކާމިޔާބު ކޮށްފިއެވެ. ފައިނަލްގައި އާރު.ސީ.ޓީ.އީ އަދި ކްލަބްކްލަސްޓަރ ބައްދަލުކުރި މެޗް ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަންކަން ކްލަބް ކްލަސްޓަރ ހޯދާފައިވަނީ ފޯރިގަދަ ކުޅުމަކަށްފަހު 3:2 ގެ ނަތީޖާއަކުންނެވެ. މި މުބާރާތް ކުރިއަށް ގޮސްފައިވަނީ 09 މެއި 2022 އިން ފެށިގެން 15 މެއި 2022 އަށް، ކްލަބް ހުވާސް ވޮލީ ކޯޓްގައެވެ.

ފައިނަލް މެޗަށްފަހު، ނަތީޖާފާޅުކޮށް ވަނަތަކަށް ވަނީ އިނާމު ހަވާލުކޮށްފައެވެ.

މުބާރާތުގެ ނަތީޖާ:

ޗެމްޕިއަން ޓީމް: ކްލަބް ކުލަސްޓަރ

ރަނަރއަޕް ޓީމް: އާރު.ސީ.ޓީ.އީ

ފެއަރޕްލޭ ޓީމް: ޢާލު އެސް.ސީ

އެންމެ މޮޅު ކޯޗު: ހުސައިން ޢަލީ (ކްލަބް ކުލަސްޓަރ)

އެންމެ އުއްމީދީ ކުޅުންތެރިޔާ: އިބްރާހީމް ޝަރީފް (ކްލަސްޓަރ ޖޫނިއަރ)

މުބާރާތުގެ މޮޅު ކުޅުންތެރިޔާ: އަޙްމަދު ރަޝީދު (ކުޑޭ) – އާރު.ސީ.ޓީ.އީ

އެންމެ މޮޅު 6 ކުޅުންތެރިން:

  • އަޙްމަދު ރަޝީދު (އާރު.ސީ.ޓީ.އީ)
  • ޝާފިޢު މުޙައްމަދު (އާރު.ސީ.ޓީ.އީ)
  • ޢަލީ ޢަބްދުﷲ (އާރު.ސީ.ޓީ.އީ)
  • އަޙްމަދު އަނީސް (އާރު.ސީ.ޓީ.އީ)
  • އަޙްމަދު ރަޝީދު (ކްލަބް ކްލަސްޓަރ)
  • ޢަލީ ރަޝީދު (ކްލަބް ކްލަސްޓަރ)

ޖުމުލަ ހަތަރު ޓީމް ބައިވެރިވި މި މުބާރާތް ކައުންސިލުން އެދުނު އެދުމުގެ މަތީން މި މުބާރާތް އިންތިޒާމުކޮށް ހިންގާފައިވަނީ ކްލަބް ހުވާސް އިންނެވެ. ކްލަބް ހުވާސް އާއި ނޮޅިވަރަމް ކައުންސިލްގެ ފަރާތުން ވަނީ  މުބާރާތް ކުރިއަށް ގެންދިޔުމުގައި ދެއްވި އެއްބާރުލުމަށްޓަކައި މުބާރާތުގެ އޮފިޝަލުންނާއި ރެފްރީންނަށް ވަރަށް ބޮޑަށް ޝުކުރުދަންނަވާފައެވެ.

 

 

Leave a Reply

Your email address will not be published. Required fields are marked *