އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން މަދަހަ މުބާރާތެއް ބާއްވައިފި!

ނޮޅިވަރަމު އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީން މުޅި ރަށަށް ހުޅުވާލައިގެން މަދަހަ މުބާރާތެއް ބާއްވައިފިއެވެ. އތމ ކޮމެޓީއާއި ނޮޅިވަރަމު ރަސަމް ބޭންޑު ގުޅިގެން އިންތިޒާމު ކުރި، އތމ ކޮމެޓީގެ ފުރަތަމަ މަދަހަ މުބާރާތުގައި 4 އުމުރު ފުރާއަކުން، ވަކިން މަދަހަ ހުށައެޅުމާއި ގުރޫޕްކޮން މަދަހަ ހުށައެޅުމުގެ ބައިން ޖުމުލަ 16 ހުށައެޅުމެއް ވަނީ ފެނިގެންދިޔައެވެ.

ޖުލައި 26 ވަނަ ދުވަހުގެ ރޭ ނޮޅިވަރަމް ސްކޫލް ހޯލުގައި ބޭއްވި ހުށައެޅުންތަކުގެ ނަތީޖާ ފާޅުކުރުން ވަނީ ޖުލައި 27 ވަނަ ދުވަހުގެ ރޭ ބާއްވާފައެވެ.

ނަތީޖާ:

15 އަހަރާއި 20 އަހަރާ ދެމެދު:

1 ވަނަ: މުޠާޢު މުހައްމަދު / މުމުހު

2 ވަނަ: ޝިމްލީލް މުފީދު / ވިންދު

3 ވަނަ: ހުސައިން އާދަމް / ވެސްޓްސައިޑް

 

21 އަހަރާއި 35 އަހަރާ ދެމެދު:

1 ވަނަ: މަޢައްދު އަދުނާން / މުނިޔާގެ

2 ވަނަ: ފާޠިމަތު އާދަމް / ވެސްޓްސައިޑް

3 ވަނަ: ނެތް

 

36 އަހަރުން މަތި.

1 ވަނަ: މުޙައްމަދު ޒިޔާދު / މެޑްރިޑް

2 ވަނަ: ފާޠިމަތު ރަޒިއްޔާ / ރާސްތާ

3 ވަނަ: ޙައްވާ ޒާހިރާ / އިހްސާސް

 

ގްރޫޕް މަދަހައިގެ ބައި:

1 ވަނަ: ޓީމް ފެނަކަ

2 ވަނަ: އަލްނިސާ

3 ވަނަ: ވީވަރު

 

އިނާމު ދިނުމުގެ ހަފްލާގައި، އތމ ކޮމެޓީގެ ރައީސް ހައްވާ ޒާހިރާ ވަނީ މި މުބާރާތް ކުރިއަށް ގެންދިއުމުގައި އެހީތެރިކަން ފޯރުކޮށްދިން ހުރިހާ ފަރާތްތަކަށް ޝުކުރު ދަންނަވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *