ހދ. އަތޮޅުކައުންސިލް ވޮލީމުބާރާތް 2022 ގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ހދ. ނޮޅިވަރަމް ކައުންސިލް ރެކްރިއޭޝަން ކްލަބު ހޯދައިފިއެވެ.

ހދ. އަތޮޅުކައުންސިލް ވޮލީމުބާރާތް 2022 ގެ ފިރިހެން ޑިވިޝަންގެ ފައިނަލްގައި ނޮޅިވަރަމްފަރު ސްޕޯރޓްސް ކުލަބާއި ބައްދަލުކުރި މެޗް ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަންކަން ނޮޅިވަރަމްކައުންސިލް ރެކްރިއޭޝަން ކްލަބު ހޯދާފައިވަނީ 3:0 ގެ ނަތީޖާއަކުންނެވެ.

ފުރަތަމަ ސެޓް ގައި 27:25 ދެވަނަ ސެޓްގައި 25:22 އަދި ތިންވަނަ ސެޓްގައި 25:18 ހޯދައިގެން ސީދާ 3 ސެޓުން މެޗް ކާމިޔާބު ކޮށްފައެވެ.

ފައިނަލް މެޗަށްފަހު، ނަތީޖާފާޅުކޮށް ވަނަތަކަށް ވަނީ އިނާމު ހަވާލުކޮށްފައެވެ.

މުބާރާތުގެ ނަތީޖާ:

ފިރިހެން ޑިވިޝަން ފުރަތަމަ މެޗްގެ މޮޅު ކުޅުންތެރިޔާ: ނޮޅިވަރަން ފަރު ސްޕޯޓްސް ކްލަބް، ޖަޒީ ނަންބަރު 6 ޢަލީ އާމިރު

ފިރިހެން ޑިވިޝަން 2 ވަނަ މެޗްގެ މޮޅު ކުޅުންތެރިޔާ: ޓީމް ހަނިމާދޫ ޖާޒީ ނަންބަރު 16 ޞާދިގް މޫސާ

ފިރިހެން ޑިވިޝަން 3 ވަނަ މެޗްގެ މޮޅު ކުޅުންތެރިޔާ: ނޮޅިވަރަމް ކައުންސިލް ރެކްރިއޭޝަން ކްލަބްގެ، ޖާޒީ ނަންބަރު 11 އަޝްފާޤު އާދަމް

ފިރިހެން ޑިވިޝަން 4 ވަނަ މެޗްގެ މޮޅު ކުޅުންތެރިޔާ: ނޮޅިވަރަންފަރު ސްޕޯޓްސް ކްލަބް، ޖާޒީ ނަންބަރު 12 ޢަލީ ހުޒާމް

ފިރިހެން ޑިވިޝަން 5 ވަނަ މެޗްގެ މޮޅު ކުޅުންތެރިޔާ: ޓީމް ފިނޭ ޖާޒީ ނަންބަރު 10 މުޙައްމަދު ޞަބާހް

ފިރިހެން ޑިވިޝަން 6 ވަނަ މެޗްގެ މޮޅު ކުޅުންތެރިޔާ: ނޮޅިވަރަމް ކައުންސިލް ރެކްރިއޭޝަން ކްލަބްގެ ޖާޒީ ނަންބަރު 9 ޢަމްދާން ޢަލީ

ފިރިހެން ޑިވިޝަން 7 ވަނަ މެޗްގެ މޮޅު ކުޅުންތެރިޔާ: ނޮޅިވަރަންފަރު ސްޕޯޓްސް ކްލަބް ޖާޒީ ނަންބަރު 12 ޢަލީ ހުޒާމް

ފިރިހެން ޑިވިޝަން 8 ވަނަ މެޗްގެ މޮޅު ކުޅުންތެރިޔާ: ޓީމް ހަނިމާދޫ ޖާޒީ ނަންބަރު 10 އިބްރާހީމް ޝަރީފް

ފިރިހެން ޑިވިޝަން 9 ވަނަ މެޗްގެ މޮޅު ކުޅުންތެރިޔާ: ޓީމް ނައިވާދޫ ޖާޒީ ނަންބަރު 2 ޙުސައިން އަސްލަމް

ފިރިހެން ޑިވިޝަން ފުރަތަމަ ސެމީ ފައިނަލް މެޗްގެ މޮޅު ކުޅުންތެރިޔާ: ނޮޅިވަރަންފަރު ސްޕޯޓްސް ކްލަބް ޖާޒީ ނަންބަރު 6 ޢަލީ ހުޒާމް

ފިރިހެން ޑިވިޝަން ދެވަނަ ސެމީ ފައިނަލް މެޗްގެ މޮޅު ކުޅުންތެރިޔާ: ނޮޅިވަރަމް ކައުންސިލް ރިކްރިއޭޝަން ކްލަބްގެ ޖާޒީ ނަންބަރު 11 އަޝްފާޤް އާދަމް

ފައިނަލް މެޗްގެ މޮޅު ކުޅުންތެރިޔާ: ނޮޅިވަރަމް ކައުންސިލް ރިކްރިއޭޝަން ކްލަބްގެ ޖާޒީ ނަންބަރު 5 ޙުސައިން ޢަލީ

މުބާރާތުގެ ފިރިހެން ޑިވިޝަންގެ އެންމެ މޮޅު 6 ކުޅުންތެރިން:

  1. ނޮޅިވަރަންފަރު ސްޕޯޓްސް ކްލަބްގެ ޖާޒީ ނަންބަރު 6 ޢަލީ އާމިރު
  2. ނޮޅިވަރަންފަރު ސްޕޯޓްސް ކްލަބްގެ ޖާޒީ ނަންބަރު 12 ޢަލީ ހުޒާމް
  3. ނޮޅިވަރަމް ކައުންސިލް ރިކްރިއޭޝަން ކްލަބްގެ ޖާޒީ ނަންބަރު 11 އަޝްފާޤް އާދަމް
  4. ނޮޅިވަރަމް ކައުންސިލް ރިކްރިއޭޝަން ކްލަބްގެ ޖާޒީ ނަންބަރު 9 ޢަމްދާން ޢަލީ
  5. ނޮޅިވަރަންފަރު ސްޕޯޓްސް ކްލަބްގެ ޖާޒީ ނަންބަރު 1 އަޙްމަދު ސައިފުﷲ
  6. ޓީމް ހަނިމާދޫ ޖާޒީ ނަންބަރު 16 ސާދިޤު މޫސާ

މި މުބާރާތް ކުރިއަށް ގޮސްފައިވަނީ 10 އޮކްޓޫބަރު 2022 އިން ފެށިގެން 22 އޮކްޓޫބަރު 2022 އަށް، ނޮޅިވަރަމްފަރު ވޮލީކޯޓުގައެވެ.

Leave a Reply

Your email address will not be published. Required fields are marked *